ރޭގެ ވަގުތެއްގައި މާލޭ ގެސްޓްހައުސެއްގައި އަންހެނަކު ރޭޕް ކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައިގާ ދެމީހަކު ހައްޔަރު ކޮށްފައިވަނީ ގެސްޓްހައުސެއްގެ ތެރެއިން ދެމީހަކު ހަޅޭއްލަވާ އަޑު، މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އިވިގެން އެ ގެސްޓް ހައުސަށް ވަދެ ބެލި އިރު ހަތަރު މީހަކުވެގެން އަންހެނަކު ރޭޕްކުރަން އުޅޭކަން އެނގުމުން ކަމަށެވެ.
"މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.
ބުނެފައިވަނީ ފުލުހުން ގެސްޓްހައުސަށް ވަނތް އިރުވެސް އެތަނުން ދެ މީހަކު ފިލާފައިވާކަމަށެވެ. އަދި ގެސްޓް ހައުސްގެ ތެރެއިން އެކަކު ހައްޔަރު ކުރި އިރު އަނެކަކު ހައްޔަރުކުރީ، ފިލަން އުޅެނިކޮށް މަގުމަތިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ އެމީހުން ތިބި ކޮޓަރިން ބަނގުރާވެސް ފެނިފައިވާކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް