ރާއްޖޭގެ ސަރަހައްދުން ހާލުގައި ޖެހިފައިއޮތް އިރާންގެ ބޯޓެއް ފެނިއްޖެ

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން އިރާނުގެ މަސްބޯޓެއް ފެނިއްޖެ އެވެ. މި ބޯޓު ފެނިފައިވަނީ ހއ. އުލިގަމާއި 17 މޭލު ބޭރުން ނެވެ. އެމްއެންޑީއެފުން ބުނީ މި ބޯޓު ފެނިގެން މިއަހު މެންދުރު ފަހު 2:15 ހާއ...

12 Apr 2018 | 16:01

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން އިރާނުގެ މަސްބޯޓެއް ފެނިއްޖެ އެވެ.

މި ބޯޓު ފެނިފައިވަނީ ހއ. އުލިގަމާއި 17 މޭލު ބޭރުން ނެވެ. އެމްއެންޑީއެފުން ބުނީ މި ބޯޓު ފެނިގެން މިއަހު މެންދުރު ފަހު 2:15 ހާއިރު ރިޕޯޓު ކުރީ ށ. ކޮމަންޑޫން ކަންނެލި މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏަކުން ކަމަށެވެ.

އެ ރިޕޯޓާއި ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން އިރާނުގެ ބޯޓު ކައިރިއަށް ދިއުމުން އެނުނީ އެ ބޯޓު ހާލުގައި ޖެހިފައިވަނީ ހުންގާނު ބިނދިގެން ކަމެވެ. ބޯޓުގައި އިރާނުގެ ހަ މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މިއީ 65 ފޫޓު ދިގު، ލަކުޑި ބޯޓެ ކެވެ. މި ބޯޓާ ގުޅޭ ކަންކަން ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ބުނެ އެވެ.

މީގެ ކުރިންވެސް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހާލުގައި ޖެހިފައިވާ ބޭރު ގައުމުތަކުގެ މަސް ބޯޓުތައް ހޯދާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް