ޝެޑިއުލާ އެއްގޮތަށް ރިޔާސީ އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް އެބަ އޮތް: އީސީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޝެޑިއުލާއި އެއްގޮތަށް ބޭއްވޭނެ ކަމަށާއި އެފަދަ މާހައުލެއް މިވަގުތު އެބަ އޮތް ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ. އީސީގެ ރައީސް މި...

12 Apr 2018 | 15:12

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޝެޑިއުލާއި އެއްގޮތަށް ބޭއްވޭނެ ކަމަށާއި އެފަދަ މާހައުލެއް މިވަގުތު އެބަ އޮތް ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

އީސީގެ ރައީސް މިހެން ވިދާޅުވީ މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ބޭއްވުމަށް އެ ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ޖުލައި މަހުގައި އިއުލާނު ކުރުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމުގައި ޝަރީފް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ކޮމިޝަނުން ވަމުން އަންނަ ތައްޔާރީތަކާއި ބެހޭގޮތުން ޝަރީފް ވިދާޅުވީ އިންތިހާބާއި ގުޅިގެން މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއި މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އިންތިހާބު ފަސްކުރުމާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށެވެ.

އިންތިހާބާއި ބެހޭގޮތުން ގާނޫނުތަކަށް ހުށަހަޅާފައި ހުރި އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި އެ އިސްލާހުތަކަކީ 2014 ގައި އެ ކޮމިޝަނުން އިސްނަގައިގެން އެކަމާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރުމުން ލިބުނު އިސްލާހުތައް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް