އޮޅުވެލިފުއްޓަށް ހޮނު އަޅައި ކަރަންޓު ގޮސް، ބޮޑެތި ގެއްލުންތަކެއް!

ޅ. އޮޅުވެލިފުއްޓަށް ބޯކޮށް ވާރޭވެހި ގުގުރުމާއި އެކު ހޮނު އޮޅުމުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. އެރަށަށް ބޯކޮށް ވާރޭ ވެހެން ފެށީ ރޭ ގާތްގަނޑަކަށް ނުވައެއް ޖަހަނިކޮށެވެ. ހޮނު އަޅައި މުޅި ރަށުން ...

12 Apr 2018 | 06:19

ޅ. އޮޅުވެލިފުއްޓަށް ބޯކޮށް ވާރޭވެހި ގުގުރުމާއި އެކު ހޮނު އޮޅުމުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެރަށަށް ބޯކޮށް ވާރޭ ވެހެން ފެށީ ރޭ ގާތްގަނޑަކަށް ނުވައެއް ޖަހަނިކޮށެވެ. ހޮނު އަޅައި މުޅި ރަށުން ކަރަންޓު ދިޔައީ 9:30 ހާއިރު އެވެ. އެ ރަށު ކައުންސިލުން ބުނީ މުޅި ރަށުން ކަރަންޓު ދިޔައީ ހޮނު އަޅައި އިންޖީނުގޭ ޕެނަލް ބޯޑުތަކަކަށް ގެއްލުން ލިބުމާއި ގުޅިގެންނެވެ. މި ހާދިސާގައި އެރަށަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ ބައެއް އިންޖީނުތަކަށްވެސް ކޮންމެސް ވަރަކަށް ގެއްލުން ވި ކަމަށް ވެ އެވެ.

އަލުން މުޅި ރަށަށް ކަރަންޓު ދެވުނީ މިއަދު ހެނދުނު 8:15 ހާއިރު އެވެ. އެއީ އެ ރަށު ފެނަކަ އޮފީހާއި ޅ. ނައިފަރު ފެނަކަ އޮފީހުގެ މުވައްޒަފުން ކުރި މަސައްކަތުން ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތުދެ އެޗެ.

ހޮނު އެޅުމުގެ ސަބަބުން އާންމުންގެ ގޭގޭގައި ހުރި އިލެކްޓްރޯނިކް ސާމާނުތަކެއް ވަނީ ހަލާކުވެފައި އެވެ. އެގޮތުން ބައެއް ގޭގޭގެ ޓީވީ ހަލާކުވެފައިވާއިރު އެ ރަށު ކައުންސިލް އިދާރާގެ ކޮމްޕިއުޓަރު ސިސްޓަމްތަކެއް ހަލާވެ އޮފީހުން އިންޓަނެޓްގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.

މި ހާދިސާގައި ލިބުނު ގެއްލުންތައް އެ ރަށު ކައުންސިލް އިދާރާއިން ދަނީ އިތުރަށް ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް