ޕްރިންސިޕަލް ސޮފޫރާ އަށް އިންޑިއާ އިން ހާއްސަ އެވޯޑެއް ދެނީ

ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ އަށް އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) އިން އެވޯޑެއް ދޭން ނިންމައިފި އެވެ. އިންޑިއާ ހައިކޮމިޝަނުން ބުނީ މިއަދު ބޭއްވި ހަފުލާއެއް...

12 Apr 2018 | 04:30

ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ އަށް އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) އިން އެވޯޑެއް ދޭން ނިންމައިފި އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ މިއަދު ބޭއްވި ހަފުލާއެއްގައި، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ވަނީ ސޮފޫރާއާ ބައްދަލު ކުރައްވާފައި ކަމަށެވެ. އަދި އެވޯޑާ ހަވާލުވެވަޑައިގަތުމަށް އިންޑިއާ އަށް ވަޑައިގަތުމުގެ ޓިކެޓާއި ޑޮކިއުމަނެޓުތައް އޭނާ އާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

ސޮފޫރާއަށް ލިބިވަޑައިގެންނަވަނީ "އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް ޑިސްޓިންގުއިޝްޑް އެލުމުނި އެވޯޑް" އެވެ. މިއަދު ބޭއްވި ބައްދަލުވުމުގައި އަކިލޭޝް ވިދާޅުވީ މިއީ ދިވެއްސަކަށް މި އެވޯޑު ލިބޭ ފުރަތަމަ ފަހަރު ކަމަށެވެ.

https://twitter.com/AkhileshIFS/status/984112423467544576

ސޮފޫރާ މި އެވޯޑާ ހަވާލުވެވަޑައިގަންނަވާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލާގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ސޮފޫރާ އިންޑިއާ އަށް ކުރައްވާ ދަތުރުގައި އާގްރާ، ޖައިޕޫރު އަދި ބެންގަލޫރަށް ވަޑައިގަންނަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް