އަމިއްލަ ކުންފުންޏެއް ކަމަށްވާ ވޯޓާ ލައިން މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑުން ދެ ލައްކަ އަށްވުރެ ގިނަ ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
މީރާއިން ބުނީ އެ ކުންފުންޏާއި ދެކޮޅަށް އެ އޮތޯރިޓީން ކޯޓުގައި ދައުވާ ކުރީ ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ކަމަށެވެ. މި މައްސަލަ ބެލުމަށް ފަހު ކޯޓުން އަންގާރަ ދުވަހު ހުކުމް ކޮށްފައިވަނީ ޖީއެސްޓީ އާއި އެއާއި ގުޅޭ ޖޫރިމަނާ ދެ މަސްތެރޭ މީރާއަށް ދައްކާ ނިންމުމަށެވެ.
ޖީއެސްޓީ އާއި ޖޫރިމަނާގެ ގޮތުގައި ވޯޓާ ލައިން ކުންފުނިން މީރާއަށް ޖުމްލަ 211,684 ރުފިޔާ ދައްކަން ޖެހެ އެވެ.
މި ކުންފުންޏަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބޯޓު ބިލްޑިންގެ މަސައްކަތް ކުރާ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް