ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ސާކް ކަލްޗަރަލް ސެންޓަރުން  އިންތިޒާމުކޮށްގެން ބާއްވާ ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މިއަހަރު މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަވަށްޓެރި ސްރީލަންކާގައި...

12 Apr 2018 | 04:00

ސާކް ކަލްޗަރަލް ސެންޓަރުން  އިންތިޒާމުކޮށްގެން ބާއްވާ ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއަހަރު މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަވަށްޓެރި ސްރީލަންކާގައި އެވެ.

ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް އިން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ފެސްޓިވަލްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހު 18 ވާ ބުދަ ދުވަހުގެ ކުރިން އެ ސެންޓަރަށް ފޯމު ހުށައެޅަން ޖެހޭނެ ކަމަށެވެ. އަދި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް އެ ސެންޓަރުގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.

ފެސްޓިވަލްގައި ބައިވެރިކުރާ ފިލްމުތަކުގެ ޑައިރެކްޓަރުންނާއި އެހެނިހެން އާޓިސްޓުންގެ ތެރެއިން ހަތަރު މީހަކަށް މި ފެސްޓިވަލްގައި ބައިވެރިވެވޭނެ އެވެ. އެގޮތުން ލަންކާގައި ހުރުމާއި ދަތުރުފަތުރު އިންތިޒާމް ސާކް ކަލްޗަރަލް ސެންޓަރުން ހަމަޖައްސައިދެ އެވެ.

އެކަމަކު ރާއްޖެއިން ލަންކާއަށް ދިއުމަށް ޓިކެޓު ނަގަން ޖެހެނީ އެ ފިލްމުގެ ޓީމަކުން އަމިއްލަ އަށެވެ.

އެންމެ ފަހުން ބޭއްވި ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ރާއްޖޭގެ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީ އަށް ވަނީ ލިބިފަ އެވެ.

މިއަހަރުގެ ސާކް ފިލްމު ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 22 ން 27 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް