އިރްފާންގެ "ބްލެކް މެއިލް" އަށް އޭނާގެ ބަލީގެ އަސަރު ކުރީތަ؟

އާންމުކޮށް ކެންސަރު ނުޖެހޭ ތަނެއްކަމަށްވާ ބަނޑުގެ ބަޔަކަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަމުންދާ ބޮލީވުޑްގެ ތަރި އިރްފާން ހާންގެ "ބްލެކްމެއިލް" އަށް މާބޮޑު ކުރިއެރުމެއް ލިބޭގޮތެއް ނުވި އެވެ. މިމަހުގެ ހަ...

12 Apr 2018 | 03:21

އާންމުކޮށް ކެންސަރު ނުޖެހޭ ތަނެއްކަމަށްވާ ބަނޑުގެ ބަޔަކަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަމުންދާ ބޮލީވުޑްގެ ތަރި އިރްފާން ހާންގެ "ބްލެކްމެއިލް" އަށް މާބޮޑު ކުރިއެރުމެއް ލިބޭގޮތެއް ނުވި އެވެ.

މިމަހުގެ ހަ ވަނަ ދުވަހު ރިލީޒް ކުރި ފިލްމަށް މިހާތަނަށް ލިބުނީ 14.42 ކްރޯޑު ރުޕީސް އެވެ. ފުރަތަމަ ދުވަހު ފިލްމަށް ލިބޭވަރުވީ 3.2 ކްރޯޑް ރުޕީސް އެވެ.

ބޮލީވުޑް ދިރާސާ ކުރާ ފަރާތެއް ކަމަށްވާ ތަރަން އަދާޝް ބުނެފައިވަނީ "ބްލެކް މެއިލް" އަކީ ބިރުވެރި، މަޖާ، އަދި ތަފާތު ފިލްމަކަށް ވާއިރު އާންމުން ފިލްމު ބަލައިގެންފައި ނުވާ ކަމަށެވެ. އަދި އެއްދުވަހުން އަނެއް ދުވަހަށް ސިނާމަތަކަށް މި ފިލްމު ބަލަން ވަންނަ މީހުންގެ އަދަދު ދަށްވަމުންދާއިރު ފިލްމު ބެލި ބޮލީވުޑް ތަރިންވެސް މާ ރަނގަޅު ކޮމެންޓެއް ފިލްމަށް ދީފައިނުވާ ކަމަށެވެ.

ފިލްމު ބެލި ތަރިންގެ ތެރެއިން އަމީތާބު ބައްޗަން މީޑިއާގައި އެއްޗެއް ބުނަން ދެކޮޅު ހެދި އިރު ޓުވިޓާގައި ބުނެފައިވަނީ "ބްލެކް މެއިލް" އަކީ ތަފާތު ވާހަކައެއްގެ މައްޗަށް ހަދާފައިވާ ފިލްމެއް ކަމަށެވެ. އަދި ފިލްމުގެ ތަރިންގެ އެކްޓިން އާއި އެޑިޓިން ފަދަ ކަންކަން ރަނގަޅު ކަމަށެވެ. މިވަރުވެސް އަނިލް ކަޕޫރު އަދި ޝަބަނާ އަޒްމީ މެން ފިލްމު ބެލުމަށް ފަހު ނުބުނެ އެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި ފިލްމަށް ވަނީ އިރުފާނުގެ ބަލީގެ އަސަރުކޮށްފައި އެވެ. މި ފިލްމު ރިލީޒް ކުރީ އިރުފާނު ކެންސަރު ބައްޔަށް ފަރުވާ ހޯދަން ގައުމުން ބޭރަށް ފުރި ފަހުންނެވެ.

ފިލްމުގެ ޑައިރެކްޝަން ޓީމުން ބޭނުންވީ އިމްރާން އަންނަންދެން ފިލްމު ރިލީޒް ކުރުން މަޑު ޖައްސާލަންށެވެ. އެކަމަކު އޭނާ ނެތަސް ފިލްމު ރިލީޒް ކުރާ ދުވަސް ފަސް ނުކޮށް ކުރިޔަށް ދިއުމަށް އިރުފާން އެދުނެވެ.

މި ފިލްމުގައި އިރުފާންގެ އިތުރުން ދިވްޔާ ދައްތާ ވެސް ފެނިގެންދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް