ދަޅުގައި ބަންދުކޮށްފައި ހުންނަ ކާއެއްޗެހި ކެއުން ރަނގަޅެއް ނޫން!

ދަޅުގައި ބަންދުކޮށްގެން ވިއްކާ އެކި ބާވަތްތަކުގެ މަހާއި ކާއެއްޗެހި ކެއުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ. އެމެރިކާގައި ކުރި ދިރާސާއަކަށް ފަހު ޖާނަލް ފުޑް އެން ފަ...

12 Apr 2018 | 03:00

ދަޅުގައި ބަންދުކޮށްގެން ވިއްކާ އެކި ބާވަތްތަކުގެ މަހާއި ކާއެއްޗެހި ކެއުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގައި ކުރި ދިރާސާއަކަށް ފަހު ޖާނަލް ފުޑް އެން ފަންގްޝަންގައި ޝާއިއު ކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާ ކެއުމުން ދަނގަޑުގެ ބާވަތެއް ކަމަށްވާ ޒިންސް ކެމިކަލް ހަށިގަނޑުގެ ތެރެއަށް ދާ މިންވަރު 100 ގުނަ އިތުރުވާ ކަމަށެވެ. އަދި ދަޅުގައި ބަންދުކޮށްފައި ހުންނަ ކަނޑު މަހާއި ކުކުޅު މަސް ކެއުމުން މި މިންވަރު 5،000 ޕާޓްސް ޕާ މިލިއަންއަށް އިތުރުވާ ކަމަށެވެ.

ދަގަނޑުގެ ބާވަތްތަކަކީ ހަށިގަނޑަށް ބޭނުންވާ އަދި ކޮންމެހެން ހަށިގަނޑުގައި ހުންނަން ޖެހޭ ބައެކެވެ. އެކަމަކު މާ ގިނަވުމުން އޭގެ ގެއްލުން މުޅި ހަށިގަނޑަށް ކުރާ އެއްޗެކެވެ.

އެ ދިރާސާގައި ބުނެފައިވަނީ ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާ އާންމުކޮށް ކާނަމަ ބޮޑުކަމު ދިޔުމުގައި މައްސަލަ ދިމާވާން ފަށައެވެ. އަދި ބޮޑުކަމު ދާއިރު ދަޅުގައި ބަންދު ކޮށްފައި ހުންނަ ކާއެއްޗެހި ހަޖަމްވެގެން ބޭރުވުމުގެ ބަދަލުގައި އެތަކެތި ހަށިގަނޑުގެ ބޮޑުކަމުދާ ސިސްޓަމްގައި ހަރުލާ ހުރުމުގެ ބިރު އެބަ އޮތެވެ.

އިތުރަށް ބުނެފައިވަނީ ޒިންސް ކެމިކަލްގައި ހިމެނޭ ބައިތައް މާގިނައިން ހަށިގަނޑުގެ އެތެރެއަށް ދާނަމަ ލޭހޮޅިތަކުގައި ތާށިވުމުގެ ބިރުބޮޑު ކަމަށެވެ.

އެ ދިރާސާގައިވާ ގޮތުން ދަޅުގައި ބަންދުކޮށްފައިވާ ކަނޑުމަހާއި ކުކުޅު މަހުގެ އިތުރުން ހަށިގަނޑަށް އެންމެ ގެއްލުން ވަނީ ޒުވާރި އާއި ޓޮމާޓޯގެ އިތުރުން ތަރުކާރީގެ ބާވަތްތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް