ދަތުރުކުރަމުންދިޔަ މޯލްޑިވިއަން ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވިނަމަވެސް ކާމިޔާބު ކަމާއެކު ލޭންޑު ކޮށްފި

މާލެއިން އައްޑޫ ގަމަށް ދަތުރުކުރި މޯލްޑިވިއަން ފްލައިޓަަކަށް ޓެކްނިކަލް މައްސަލައެއް ދިމާވިނަމަވެސް އެއްވެސް މައްސަލައެއް ނެތި ފްލައިޓް ލޭންޑް ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ފްލައިޓުގެ ލ...

12 Mar 2019 | 08:49

މާލެއިން އައްޑޫ ގަމަށް ދަތުރުކުރި މޯލްޑިވިއަން ފްލައިޓަަކަށް ޓެކްނިކަލް މައްސަލައެއް ދިމާވިނަމަވެސް އެއްވެސް މައްސަލައެއް ނެތި ފްލައިޓް ލޭންޑް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ފްލައިޓުގެ ލޭންޑިން ގިއަރަށް މައްސަލައެއް ދިމާވީއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އެ ފްލައިޓް މިހާރު ލޭންޑު ކޮށްފައިވާކަމަށާއި އެއްވެސް މައްސަލައެއް މެދުވެރި ނުވެ ލޭންޑު ކުރެވުނު ކަމަށެވެ.

https://twitter.com/MaldivianAero/status/1105388245292994560

"ލޭންޑު ކުރީ އަލްޓަނޭޓިވް އޮޕްޝަނެއް ބޭނުންކޮށްގެން، އެއްވެސް އިތުރު މައްސަލައަކާއި ކުރިމަތިނުވެ ކާމިޔާބު ކަމާއެކު ފްލައިޓް ލޭންޑް ކޮށްފި" މޫސަ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިކަމާއި ގުޅިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓް އެލާޓަށްވެސް ގެނައެވެ. އެއީ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމުުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް