އަސާސީ ޚިދުމަތްތަކަށް ސަލާން ޖަހާކަށް ނުޖެހޭނެ: ޘަގީފު

އަސާސީ ޚިދުމަތްތަކަށް ސަލާން ޖަހާކަށް ނުޖެހޭނެކަމަށް ހުސައިން ޘަގީފް އިހުސާން ވިދާޅުވެއްޖެއެވެ. ޕީއެސްއެމްއިން ބޭއްވި މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ހުސ...

12 Mar 2019 | 08:02

އަސާސީ ޚިދުމަތްތަކަށް ސަލާން ޖަހާކަށް ނުޖެހޭނެކަމަށް ހުސައިން ޘަގީފް އިހުސާން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ބޭއްވި މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ހުސައިން ޡަޤީފް ވިދާޅުވީ "ރައްޔިތުން ފެނާ ނަރުދަމާގެ ހިދުމަތް ސަލާމް ޖަހާކަށް ނުޖެހޭނެ. އެއީ އަސާސީ ކަންކަން. ކޮންމެ ސަރުކާރެއް އޮތަސް އެކަން ކޮށްދެން ޖެހޭނެ." ކަމަށެވެ.

"ރާއްޖޭގެ އެހެން ސަރަހައްދުތަކާއި އަޅާބަލާއިރު ތިލަދުންމައްޗަކީ ދައުލަތުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ސަރަހައްދެއް. ތިލަދުންމަތީގެ ރައްޔިތުން މާލެއަށް ހިޖުރަކޮށްގެން މާލޭގައި ދިރިއުޅެނީ ވަރަށް ދަތި ހާލުގައި" ޘަގީފު އިތުރަށް ވިދާޅުވިއެވެ.

މަޖްލިސް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ މުޅި ތިލަދުންމަތި ފަޚުރުވެރިވާނެ ފަދަ ގޮނޑިއަކަށް ވައިކަރަދޫ ދާއިރާގެ ގޮނޑި ހަދައިދޭނެކަމަށާއި، މުޅި ތިލަދުންމަތި ފަޚުރުވެރިވާނޭ ފަދަ މެންބަރަކަށް ވެވަޑައިގަންނަވާނެކަމަށްވެސް ޘަގީފު ވިދާޅުވިއެވެ. އަދި މީގެ އިތުރުން ޘަގީފު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރަ ކަމަށް ހޮވިއްޖެނަމަ ތިލަދުންމަތި ފަޚުރުވެރިވާފަދަ މެންބަރަކަށް ވާނެކަމަށެވެ.

ހުސެއިން ޘަގީފު ވާދަކުރައްވަނީ ޢަދާލަތު ޕާޓީގެ ޓިކެޓުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް