ލ.ފޮނަދޫ ދާއިރާއަށް ކުރިމަތިލާފައިވާ އެމްއާރުއެމްގެ ކެންޑިޑޭޓު، އަބްދުﷲ ކަމާލުއްދީން (އޭކޭ) ގެ ފަރާތުން ދާއިރާގެ ދެ ރަށް ކަމުގައިވާ، ލ.ފޮނަދޫ އަދި ލ.މާމެންދޫގައި އާއިލީ ހަވީރެއް ބާއްވައިފިއެވެ.
https://twitter.com/AKmajlis2019/status/1105318766693498880
ދުވަހަށް މައުލޫމާތު ދެއްވަމުން އޭކޭ ގެ ކެމްޕެއިން މެނޭޖަރ ޒޫޝާން ކަމާލުއްދީން ވިދާޅުވީ، ލ.ފޮނަދޫގައި އާއިލީ ހަވީރު ބޭއްވީ އާދީއްތަ ދުވަހުގައި ކަމަށެވެ. އަދި ލ.މާމެންދޫގައި އާއިލީ ހަވީރު ބޭއްވީ އިއްޔަ ކަމުގައެވެ. ދެ ރަށުންވެސް ގިނަ އަދަދެއްގެ ރައްޔިތުން މި އާއިލީ ހަވީރުގައި ބައިވެރިވި ކަމަށް ޒޫޝާން ވިދާޅުވިއެވެ. އަދި ދެ ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުންކަމަށްވެސް ޒޫޝާން ވިދާޅުވިއެވެ.
https://twitter.com/AKmajlis2019/status/1105073087848931328
ކުޑަ ކުދިންނަށް ހާއްސަކޮށްގެން ބޭއްވި މި އާއިލީ ހަވީރުތަކުގައި، ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ހިންގައިފައިވާ ކަމަށް ޒޫޝާން ވިދާޅުވިއެވެ. އޭގެ ތެރޭގައި ގޭމުތަކާއި، ކުދހިންގެ ފޭސް ޕެއިންޓިން ފަދަ ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން ކެންޑިޑޭޓް އަރިހުގައި ފޮޓޯ ނެގުމާއި، ކެންޑިޑޭޓާ ބައްދަލު ކުރަން ބޭނުންވި މީހުންނަށް، އެ ފުރުސަތު ވެސް ލިބުންކަމަށް ޒޫޝާން ވިދާޅުވިއެވެ.
https://twitter.com/AKmajlis2019/status/1105032447362621440
އޭކޭގެ ކެމްޕެއިންގައި ކޮންމެ ދުވަހަކު ފޭސްބުކް އަދި ޓްވިޓާ ޕޭޖުގައި ސްލޯގަންއެއް ޝެއާ ކުރެއެވެ. މި ސްލޯގަން ތަކަކީ އޭކޭގެ ވައުދުތަކެވެ. އޭކޭގެ ކެންޑިޑޭޓު ނަމްބަރަކީ 5 ވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް