ބުރަކޮށް އުޅުމުގެ ސަބަބުން ހަފްތާތެރޭގައި ނުލިބި ހުރި ނިދި ހަމަކުރަން، ހަފްތާ ބަންދުތެރޭގައި ނިދުމަކީ އެއްވެސް ފައިދާ ހުރިކަމެއް ނޫންކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
މި ދިރާސާއިން ދެއްކި ގޮތުގައި، މީހާގެ ބުރަ ޝެޑިއުލްގެ ސަބަބުން، ނިދި ހަމަނުވުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް ހަފްތާ ބަންދުގައި ކިތަންމެ ގިނައިރު ނިދިކަމުގައި ވިޔަސް، ގެއްލުނު ދުވަސްތަކުގެ ނިދި ނުލިބޭނެ ކަމަށް މި ދިރާސާއިން ދެއްކިއެވެ.ހަމަ ނިދި ނުލިބުމަކީ ސިއްހަތައް ގެއްލުން ހުރި ކަމެކެވެ. މީގެ ސަބަބުން މީހާގެ ކެއުމުގެ ގަޑިތަކަށްވެސް ބުރޫ އަރައެވެ. މީގެ ސަބަބުން ހަށިގަނޑު ބަރުވެ، ހޯމޯން ތަކުގެ ނާޒުކުކަން ކެނޑޭއިރު، މީގެ ސަބަބުން ހަށިގަނޑުގައި ހުންނަ ހަކުރުގެ ލެވެލް ގިނަވެގެންދެއެވެ.
މި ދިރާސާގައި ބައިވެރިވި ބޯލްޑާގެ ޔުނިވަރސިޓީ އޮފް ކޮލޮރާޑޯ ދަރިވަރުން ބަހައިލީ ތިން ބަޔަކަށެވެ. ފުރަތަމަ ގްރޫޕް ހަފްތާއެއްވާންދެން ނިދީ، ރޭގަނޑުގެ ނުވަ ގަޑިއިރުއެވެ. ދެވަނަ ގްރޫޕް ނިދީ ކޮންމެ ރެއަކު ފަސް ގަޑިއިރުއެވެ. ތިން ވަނަ ގްރޫޕް، ރޭގަނޑު ފަސްގަޑިއިރުގެ އިތުރުން، ހަފްތާ ބަންދުގައި ވެސް ނިދިއެވެ.
ނަތީޖާއެއްގެ ގޮތުން، ދެވަނަ އަދި ތިންވަނަ ގްރޫޕްގައި ނިދި ބައިވެރިންގެ ބަރުދަން ހުރީ ކުޑަކޮށް ބަރުވެފައެވެ. އަދި އެމީހުންގެ މުޅި ހަށިގަނޑުން ވަނީ އިންސުލިންގެ ނާޒުކުކަން ކުޑަވެފައެވެ.މި ދިރާސާ ކުރިޔަށް ގެންދިޔަ ޔުނިވަރސިޓީ އިން ބުނީ ކިތަންމެ ބުރަކޮށް އުޅުނު ކަމުގައި ވިޔަސް، ރޭގަނޑު މަދުވެގެން އަށް ގަޑިއިރު ނިދަން އާދަކުރަންވާނެ ކަމުގައެވެ. އަދި ނިދާއިރު އެއްކޮށް އަނދިރިނުކޮށް، ފަނޑު އައްޔެއްގައި ނިދަން އާދަކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް