ސޫރިޔާގައި ދިވެހި އަންހެނަކާއި އޭނާގެ ދެދަރިން މަރުވެއްޖެ

ސޫރިޔާގައި ހިނގަމުންދާ ހަނގުރާމާގައި ދިވެހި އަންހެނަކާއި އޭނާގެ ދެ ދަރިން މަރުވެއްޖެއެވެ. އަންހެން މީހާގެ އާއިލާގެ މީހަކާއި ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި އެމީހުން މަރުވީ އިއްޔެއެވެ. އެމީހުންގެ އާއ...

12 Mar 2019 | 06:03

ސޫރިޔާގައި ހިނގަމުންދާ ހަނގުރާމާގައި ދިވެހި އަންހެނަކާއި އޭނާގެ ދެ ދަރިން މަރުވެއްޖެއެވެ.

އަންހެން މީހާގެ އާއިލާގެ މީހަކާއި ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި އެމީހުން މަރުވީ އިއްޔެއެވެ. އެމީހުންގެ އާއިލާއިން ދަނީ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުނެވެ.

މަރުވި އަންހެން މީހާގެ ފިރިމީހާ ވެސް މަރުވެފައިވަނީ މީގެ ދުވަސްތަކެއް ކުރިން ސޫރިޔާގައި ހިނގަމުން އަންނަ ދާހިލީ ހަނގުރާމައިގައެވެ.

ރާއްޖެއިން ފިލައިން ބޭރުގައުމުތަގައި ހިނގާ ދާހިލީ ހަނގުރާމާގައި ބައިވެރިވާން 61 ދިވެހި ފިރިހެނަކު ގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ކުރިން އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް