ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން ސިއްރުކޮށްފި އެވެ.
ހައިކޯޓުގައި މިއަދު ހެންދުނު 09:15 އަށް ތާވަލްކޮށްފައިވާ އިސްތިއުނާފް އަޑުއެހުން ސިއްރުކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ބާތިލް ކުރުމަށް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ އެ އަމުރު ނެރުނު ދުވަހު އެވެ.
ކްރިމިނަލް ކޯޓުން ޔާމީން ޖަލުގައި ބެހެއްޓުމަށް އަމުރު ނެރެފައިވަނީ މިދިއަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ހައި ކޯޓުން ބަލައިގަނެފައި ވަނީ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް