ތ.ތިމަރަފުށި ހިއްކި ބިން ސަރަހައްދުން އެއާޕޯޓަށް ދާ މަގުގައި އަންހެނެއް ގައިގައި ވޭނެކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ، މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހަށް ލިބުނީ މިއަދު ހެނދުނު 07:45 ހާއިރު ކަމަށެވެ. މި އެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ 52 އަހަރުގެ އަންހެނަކަށެވެ.
ފުލުހުން ބުނީ އެ އަންހެން މީހާގެ ބޮލުގެ ތިންތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އިތުރު އެހެނިހެން ޒަހަމްތައް ވެސް ލިބިފައިވާ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއަންހެން މީހާ އަށް މިހާރު ދަނީ ތ.ވޭމަންޑޫ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް