ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަގާމުން އިސްތިއުފާ ދެއްވައިފި

ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް (ޑީޕީޖީ)ގެ މަގާމުގައި ހުންނެވި މަރިޔަމް ނިހާޔަތު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ޑީޕީޖީ ކަމުން ނިހާޔަތު އިސްތިއުފާ ދެއްވާފައިވަނީ އ...

12 Mar 2019 | 04:13

ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް (ޑީޕީޖީ)ގެ މަގާމުގައި ހުންނެވި މަރިޔަމް ނިހާޔަތު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޑީޕީޖީ ކަމުން ނިހާޔަތު އިސްތިއުފާ ދެއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ނިހާޔަތު އިސްތިއުފާ ދެއްވި ސަބަބު ސާފެއް ނޫނެވެ. ނަމަވެސް އިސްތިއުފާ ދެއްވިކަން ދުވަހަށް ވަނީ ކަށަވަރު ކުރެވިފައެވެ.

ޑީޕީޖީގެ މަގާމާއެކު ނިހާޔަތު ޕީޖީ އޮފީހާއި ގުޅިވަޑައިގެންނެވީ 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް