12 މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ބިލު އިސްލާހު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑިއާއި މެދު ސުވާލު އުފެދިފައިވާއިރު، އެ 12 މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް، އެންޓި ޑިފެކްޝަން ބިލު އިސްލާހުކޮށް ކޮމިޓީން ފާސްކޮށްފި އެވެ. މި ބިލަކީ އިންތިހާބ...

12 Mar 2018 | 18:54

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑިއާއި މެދު ސުވާލު އުފެދިފައިވާއިރު، އެ 12 މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް، އެންޓި ޑިފެކްޝަން ބިލު އިސްލާހުކޮށް ކޮމިޓީން ފާސްކޮށްފި އެވެ.

މި ބިލަކީ އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭގޮތަށް ފަރުމާ ކޮށްފައިވާ ބިލެކެވެ. މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ.

މި ބިލު ކޮމިޓީ މަރުހަލާގައި މިރޭ ފާސްކޮށްފައިވާއިރު ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ގެ ފަހުން ހިނގި ކަންކަމަށް ބިލުގެ ބާރު ލިބޭ ގޮތަށެވެ.

މި ބިލު މިގޮތަށް ފާސްކޮށްފައިވާއިރު އާންމު ގޮތެއްގައި ގާނޫނުތަކަށް އަމަލު ކުރަން ފަށަނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރައްވާ ވަގުތުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް