ގައުމު ދާދި އަވަހަށް މިނިވަން ވާނެ: ޑރ ޖަމީލް

ދިވެހި ރާއްޖެ ދާދި އަވަހަށް މިނިވަން ވާނެ ކަމުގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ. އިނގިރޭސިވިލާތަށް އަމިއްލަފުޅަށް އަރުވާލެއްވިގެން ހުންނެވި ޑރ. ޖަމީލް މިހެން ވި...

12 Mar 2018 | 09:16

ދިވެހި ރާއްޖެ ދާދި އަވަހަށް މިނިވަން ވާނެ ކަމުގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތަށް އަމިއްލަފުޅަށް އަރުވާލެއްވިގެން ހުންނެވި ޑރ. ޖަމީލް މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައި އެވެ.

އެ ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައިވަނީ ދުޝްމިނުން ބަލި ކުރުމުގައި ބޮޑުތަކުރުފާނު ނެރުއްވި ހިތްވަރުން ހިތްވަރު ލިބެންޖެހޭ ކަމަށެވެ. ދެކެމުން މި އަންނަނަނީ މި ޒަމާނުގައި ގައުމު ނުދެކޭފަދަ އަނދިރި ދުވަސްތަކެއް ކަމަށެވެ.

"އެންމެ މީހަކު މުޅި ގައުމު ހަލާކު ކޮށްލަނީ، އެކަން ވިޔަ ދީގެން ނުވާނެ" ޑރ ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ޑރ. ޖަމީލްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ކާމިޔާބު ވަނީ ގާތުގައި ކަމަށާއި ގައުމު ދާދި އަވަހަށް މިނިވަން ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް