ހޯރަފުށީ ކައިރީގައި އެއާޕޯޓު އަޅަނީ މާފިނޮޅުގައި!

ހއ. އަތޮޅުގައި އެއާޕޯޓު އެޅުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު މާފިނޮޅުގައި ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ހާމަކޮށްފި އެވެ. މިއަހަރަށް މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީ...

12 Mar 2018 | 07:35

ހއ. އަތޮޅުގައި އެއާޕޯޓު އެޅުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު މާފިނޮޅުގައި ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ހާމަކޮށްފި އެވެ.

މިއަހަރަށް މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ހއ. ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށާނެ ކަމަށެވެ. އެކަމަކު އެއީ ކޮން ރަށެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ރީޖަނަލް އެއާޕޯޓުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާފިނޮޅުގައި އެއާޕޯޓެއް އެޅުމަށް ނިންމާފައިވާތީ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސަސްމަންޓު ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިމަހުގެ 21ގެ ކުރިން ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައި އެވެ.

މާފިނޮޅުގައި މިއަހަރު އެއާޕޯޓު އަޅަން ފަށާއިރު މިއަހަރު ނިމުމުގެ ކުރިން ހދ. ކުޅުދުއްފުއްޓާއި، ށ. ފުނަދޫ އަދި ނ. މާފަރު އެއާޕޯޓުގެ މަސައްކަތް ނިންމާ ހުޅުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް