މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބުނު ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މީރާއިން މިއަދު އާންމު ކުރި ހިސާބުތަކުގައި ވާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ 19.4 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީގައި އެ އިދާރާއަށް ލިބިފައިވަނީ އެއް ބިިލިއަން ރުފިޔާ އެވެ.
މީރާއިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވީ ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ބަލައިގަތް އަދަދު އިތުރުވުމާއި މިދިޔަ އަހަރު ލިބިފައި ނުވާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ މި މަހު ލިބުމުން ކަމަށެވެ. ލިބުނު އާމްދަނީގެ ތެރޭގައި 54 މިލިއަން ޑޮލަރުވެސް ހިމެނޭ ކަމަށެވެ.
މިދިޔަ މަހު އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ޖީއެސްޓީގެ ގޮތުގައި 800 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޓީޖީއެސްޓީގެ ގޮތުގައި 588.2 މިލިއަން ރުފިޔާ ލިބިފައިވާއިރު ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ)ގެ ގޮތުގަ 122.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 65.61 މިލިއަން ރުފިޔާ ލިބިފަ ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް