މިއަދު މަޖިލީހަށް ހާޒިރުވެތިއްބެވީ އިއްޒަތްތެރި 25 މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ހަތް ވަނަ ޖަލްސާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ފަށައިފި އެވެ. ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވީ މިއަ...

12 Mar 2018 | 04:12

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ހަތް ވަނަ ޖަލްސާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ފަށައިފި އެވެ.

ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވީ މިއަދު މަޖިލީހަށް ހާޒިރުވެތިއްބެވީ އިއްޒަތްތެރި 25 މެމްބަރުން ކަމަށެވެ.

މިއަދުގެ ޖަލްސާއަށް މުހިންމު ދެ މައްސަލައެއް އެޖެންޑާ ކޮށްފައި ވެ އެވެ. އެއީ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ބިލަށް ބަހުސް ކުރުމާއި ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރުމެވެ.

މި ދެ ބިލުގެ ތެރެއިން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. ޕާޓީ ބަދަލުކޮށްދި ނަމަ ގޮނޑި ގެއްލޭގޮތަށް ފަރުމާ ކޮށްފައިވާ ބިލު ހުށަހަޅާފައިވަނީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް