ބޮލީވުޑްގެ ޑައިރެކްޓަރު ކަރަން ޖޯހަރު އިނގިރޭސިިވިލާތުގައި ހަފްތާއެއް ހޭދަ ކުރުމަށް ފަހު އެނބުރި އިންޑިއާއަށް ދިޔައީ އިއްޔެ އެވެ.
ދިއުމުގެ ކުރިން އޭނާ ވަނީ އިންސްޓަގްރާމަށް އިންޑިއާއަށް އެނބުރި ދާން އުޅޭ ކަމަށް ބުނެފަ އެވެ. އޭނާ އުންމީދު ކުރީ ވަރަށް ބައިވަރު ނޫސްވެރިންނާއި ޕަޕަރާޒީން އޭނާ އެއާޕޯޓުން ނިކުންނަ ގަޑިއަށް އެތާ ތިބެ ފޮޓޯ ނަގާނެ ކަމަށެވެ.
އެކަމަކު ކަންވީ އޭނާ އުންމީދު ކުރި ގޮތާއި ހިލާފަށެވެ. އޭނާގެ ފޮޓޯއެއް ނަގާލާނެ އެކަކުވެސް ނުވި އެވެ. އެހެންވެ ލަދުން އެ ވާހަކަ ޓުވިޓާގައި ހިއްސާ ކުރި އެވެ.
ކަރަން ބުނެފައިވަނީ އަޅައިގެން ހުރީ އާ އައިނެއް ކަަމާއި، ލައިގެން ހުރީ އާ ޖެކެޓެއް ކަމަށް ބުނެ ފޮޓޯއަށް އަރާވަރުގެ ބޮޑު އާ ދަބަހެއް ހިފައިގެން އައީ ވަރަށް ގިނަ ޕަޕަރާޒީން ފޮޓޯ ނަގަން އެއާޕޯޓުގައި ތިބޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. އެކަމަކު އެންމެ ލަދުގަތީ އޭނާގެ ފޮޓޯއެއް ނަގާލާނެ ހަމަ އެކަކުވެސް ނުވުމުން ކަމަށެވެ.
އިތުރަށް ބުނެފައިވަނީ އަލުން އެ އެއްޗެހި ލައިގެން ތަނަކަށް ދަމުން މީހަކު ފޮޓޯއެއް ނަގާތޯ ދުއާ ކުރާނެ ކަމަށެވެ.
ކަރަންގެ މި ޓުވީޓާއި ގުޅިގެން ބޮލީވުޑްގެ ބައެއް ތަރިން ވަނީ މަލާމާތް ކުރާ ފާޑުގެ ޖަވާބުތައް ކަރަންގެ ޓުވީޓަށް ދީފަ އެވެ. އެގޮތުން ޕަރްނީތާ ޗޯޕްރާ ބޮޑު ހިނި ގަނޑެއް ޖަހާލާފައިވާއިރު ބައެއް ތަރިން ވަނީ ކަރަން އަށް އެވަގުތު ކުރެވޭނެ އިހުސާސް އެނގޭ ކަމަށް ބުނެ ހީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް