ފިލައިގެން އުޅުނު މައްސަލައިގަ ބާގީ ލުތުފީއަށް ދައުވާ އުފުލައިފި

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ އެއް މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން ސްރީލަންކާގައި ދިރިއުޅުނު މައްސަލައިގަ އޭނާ މައްޗަށް ދައުވާ އުފުލައިފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަ...

12 Feb 2020 | 13:59

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ އެއް މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން ސްރީލަންކާގައި ދިރިއުޅުނު މައްސަލައިގަ އޭނާ މައްޗަށް ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މައްސަލަ ތަހުގީގުކޮށް ނިންމާ އެ އޮފީހަށް ފޮނުވަފައިވާ ކަމަށް އަދި ޕީޖީ އޮފީހުން އެ މައްސަލަގައި ލުތުފީ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތަފްސީލް ފަހުން ހާމަ ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ލުތުފީ ފިލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާއަށް ފޮނުވުމުންނެވެ. އެކަމަކު އޭނާ ލަންކާގައި ދިރިއުޅުނީ ނަން ބަދަލުކޮށްގެން މިނިވަން ކަމާއި އެކު އެވެ. އެއީ ކޮންމެ އަހަރެއްގެ ނޮވެމްބަރު ތިނަކާ ދިމާކޮށް ލަންކާގެ ނޫސްތަކަށް އެ ދުވަހުގެ ވާހަކަ ކިޔައިދީ އިންޓަވިއުދީ ހަދާތީ އެވެ.

ލަންކާގައި މިދިޔަ އަހަރު އައިއެސްއިން ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ލަންކާގައި ޕާސްޕޯޓު ނެތި އުޅެވެން ނެތިގެން އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ދިވެހި އެެމްބަސީއަސް ގޮސް ހިމާޔަތް ހޯދީ އެވެ. އެކަން ފަޅާ އަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

އެހެންވެ ރައްޔިތުންގެ ޕްރެޝަރާއި ހެދި ސަރުކާރަށް ޖެހުނީ އޭނާ ލަންކާއިން ހައްޔަރުކޮށްގެން ރާއްޖެ ގެންނާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް