ކުޑަކުއްޖަކު ތޫނު ހަތިޔާރު ގެންގުޅުނު މައްސަލައެއް ބަލަނީ

ތޫނު ހަތިޔާރުގެ ގެންގުޅުނު ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުން ބުނީ ކުޑަކުއްޖަކު ތޫނު ހަތިޔާރު ގެންގުޅޭކަމަށް ބުނެ ރިޕޯޓު ކުރީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ ހިމެނޭ ސައ...

12 Feb 2020 | 13:36

ތޫނު ހަތިޔާރުގެ ގެންގުޅުނު ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުން ބުނީ ކުޑަކުއްޖަކު ތޫނު ހަތިޔާރު ގެންގުޅޭކަމަށް ބުނެ ރިޕޯޓު ކުރީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ ހިމެނޭ ސައުތް ޕޮލިސް ޑިވިޝަނަށް ކަމަށެވެ.

އެ ރިޕޯޓާއި ގުޅިގެން އެ ކުއްޖާ ދިރިއުޅޭ ގެއަށް ފުލުހުން ގޮސް ބަލާ ފާސްކުރި އިރު ހަތަރު ވަޅިއާއި، ދަނބުކުލައިގެ ހޮޅިބުރިއެއް ފެނިފައިވެ އެވެ. އެ ކުއްޖާއަކީ15 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ފުލުހުން ބުނީ މިއަދުގެ ވަގުތެއްގައި އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް