ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ސަރުކާރުން މުޅިން އަލަށް އެކުލަވާލާފައިވާ24 ބިލެއް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން ބުނީ އެ ބިލްތަކާއި އެކު ޖުމްލަ56 ބިލެއް މި ދައުރުގައި ސަރުކާރު ފަރާތުން ހުށަހަޅާނެ ކަމަށެވެ. އެ ބިލުތަކުގެ ލިސްޓެއް މިއަދު އޮތް ރައްޔިތުންގެ މަޖިލީހަށް އޭޖީ އޮފީހުން ފޮނުވާފަވެ އެވެ.
މުޅިން އަލަށް މި ދައުރުގައި ފޮނުވުމަށް ނިންމާފައިވާ ބިލްތަކަކީ ނަފްސާނީ ސިއްހަތުގެ ބިލް، ފުލުހުންގެ ހިދުމަތުގެ ބިލު، އިންޝުއަރެންސާއި ބެހޭ ބިލު، ތަފާސް ހިސާބުގެ ބިލް، ބޯހިޔާވަހި ކަމުގެ ބިލެވެ. އަދި އާންމު ދަތުރުފަތުރުގެ ބިލާއި، އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު، ނެޝަނަލް ރެޖިސްޓްރޭޝަންގެ ބިލާއި، ތަސްނީފު ކުރުމުގެ ބިލަކީ މި ދައުރުގައި އަލަށް ހުށަހަޅާނެ ބިލްތަކެވެ.
ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލް، ދިރޭ ޖަނަވާރު ރައްކާތެރި ކުރުމުގެބިލް، ޕޭމަންޓް ސިސްޓަމްގެ ބިލް، ފޮރިން އިންވެސްޓްމެންޓުގެ ބިލް، ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް، ހެއްކާ ބެހޭ ބިލް، ބަންޑާރަ ނާއިބުގެ އޮފީހުގެ ބިލަކީ މި ދައުރުގަ އަލަށް ހުށަހަޅާނެ ބިލްތަކެވެ. މީގެ އިތުރުން މީޑިއާ ކޮމިޝަންގެ ބިލް، އިލެކްޓްރޯނިކް މުއާމަލާތްތަކާއި ބެހޭ ބިލް، ދަނޑުވެރިކަމުގެ ބިލު، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރި ކުރުމުގެ ބިލް، ނޫސްވެރިކަމުގެ މިނިވަން ކަމުގެ ބިލު، ފޮރިން ސާވިސް ބިލް، ޒުވާނުން ބިނާ ކުރުމާއި ހުނަރުވެރި ކުރުވުމުގެ ބިލަކީ މި ދައުރުގަ އަލަށް ހުށަހާޅެ ބިލްތަކެވެ.
މީގެ ތެރެއިން ބައެއް ބިލްތައް މިހާރުވެސް ސަރުކާރު ފަރާތުން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. މިހާތަނަށް ނުފޮނުވާ ހުރި ބިލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބިލަކީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި ޓެކްސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި މީޑިއާ ކޮމިޝަންގެ ބިލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް