ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި 20 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފި

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ. މި މައްސަލަ ފުލުހުންނަށް ހުށަަހަޅާފައިވަނީ ނ، ރ، ބ އަދި ޅ ހިމެނޭ ނޯތް ޕޮލިސް ޑިވިޝަނުންނެވެ. ކުޑަކުދިންގެ މައްސަލަތަކުގ...

12 Feb 2020 | 06:33

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލަ ފުލުހުންނަށް ހުށަަހަޅާފައިވަނީ ނ، ރ، ބ އަދި ޅ ހިމެނޭ ނޯތް ޕޮލިސް ޑިވިޝަނުންނެވެ. ކުޑަކުދިންގެ މައްސަލަތަކުގައި މައްސަލަތަކުގައި ހިމެނޭ ކުއްޖާގެ އަތޮޅާއި ރަށް ހާމައެއް ނުކުރެ އެވެ.

މި މައްސަލަ ރިޕޯޓު ކޮށްފައިވަނީ އިއްޔެ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އެމީހާ ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު9:15 ހާއިރު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގަ އަނިޔާ ލިބިފައިވަނީ12 އަހަރުގެ ކުއްޖަކަށެވެ. އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ އުމުރުން20 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ކުދަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް