މިއަދުވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވެ އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި މިއަދު ހެނދުނު10:00 ން މާދަމާ ހެނދުނު10:00 އާ ދެމެދު ވައި އެންމެ ގަދަވާނެ ކަމަށް ލަފާ ކުރެވެނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށެވެ. އެގޮތުން އެ ސަރަހައްދުތަކަށް ގަޑިއަކު15 މޭލާއި25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ.
ދެކުނު އަތޮޅުތަކަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ10 މޭލާ20 މޭލާ ދެމެދުގެ ބާރު މިނުގައި އެވެ.
މެޓް އޮފީހުން ބުނީ ހުރިހާ ސަރަހައްދެއްގެ ރަށްތަކަށްވެސް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ކަނޑު ދަތުރު ކުރާއިރު މޫސުމަށް ސަމާލުވެ މޫސުމާއި ބެހޭ މައުލޫމާތު ހޯދައިގެން ދަތުރަށް ފެށުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ވައިގަދަވެ އުދައެރުމުގެ ފުރުސަތު އޮތުމުން އިއްޔެ ހެނދުނުން ފެށިގެން ރޭ ފަތިހާ ހަމައަށް މުޅި ރާއްޖެއަށް އޮތީ ވައިޓް އެލާޓު ނެރެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް