ރޭ އުކުޅަހުން ގެއްލުނު ކުޑަކުއްޖަކު ފެނުނީ ދަންވަރު ޖެޓީ ސަރަހައްދުން!

އއ. އުކުޅަހުން18 އަހަރު ނުފުރޭ ކުއްޖަކުު ގެއްލިގެން ހޯދަމުން ދަނިކޮށް ރޭ ދަންވަރު އެ ކުއްޖާ ފެނިއްޖެ އެވެ. ގެއްލިގެން އާއިލާއިން އެ ކުއްޖާ ހޯދަން ފެށީ ކިހާއިރަކު ކަމެއް ނޭނގެ އެވެ. ފުލުހުން ބުނީ ކުއްޖ...

12 Feb 2020 | 04:23

އއ. އުކުޅަހުން18 އަހަރު ނުފުރޭ ކުއްޖަކުު ގެއްލިގެން ހޯދަމުން ދަނިކޮށް ރޭ ދަންވަރު އެ ކުއްޖާ ފެނިއްޖެ އެވެ.

ގެއްލިގެން އާއިލާއިން އެ ކުއްޖާ ހޯދަން ފެށީ ކިހާއިރަކު ކަމެއް ނޭނގެ އެވެ. ފުލުހުން ބުނީ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ ދަންވަރު12:8 ގައި ކަމަށެވެ.

އޭގެ ފަހުން ފުލުހުންނާއި އާންމުން ގުޅިގެން ކުއްޖާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ ރަށުގެ ޖެޓީ ސަރަހައްދު ގޮނޑުދޮށުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. ފުލުހުން ބުނީ އެ ކުއްޖާ ފެނުނީ ރިޕޯޓު ކުރިތާ މާ ގިނަ އިރު ނުވަނީސް ކަމަށެވެ.

މި ހާދިސާގަ ގެއްލުނީ ކޮން ޖިންސެއްގެ ކުއްޖެއް ކަމެއް އަދި ފެނުނު އިރު އެ ކުއްޖާގެ ހާލު ރަނގަޅު ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް