ކޮރޯނާ ވައިރަސް: މަރުވި މީހުންގެ އަދަދު 1115 އަށް، ސީރިއަސް ހާލަތުގައި އަށް ހާހަށްވުރެ ގިނަ މީހުން

މިދިޔަ ޑިސެމްބަރުން ފެށިގެން ޗައިނާގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 1115 އަށް އަރައިފިއެވެ. މިކަން، ޗައިނާގެ ކަމާބެހޭ ފަރާތްތަކުން...

12 Feb 2020 | 02:41

މިދިޔަ ޑިސެމްބަރުން ފެށިގެން ޗައިނާގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 1115 އަށް އަރައިފިއެވެ.

މިކަން، ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާއިރު އެ ފަރާތްތަކުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ވައިރަހުގައި ހާލު ސީރިއަސް މީހުންގެ އަދަދަކީ 8204 އެވެ.

އިއްޔެއާއި އަޅާ ބަލާއިރު މަރުވި މީހުންގެ އަދަދު ވަނީ ކުޑަކޮށް މަދުވެފައެވެ. އެއީ 11ގެ މަދުވުމެކެވެ.

މި ވައިރަސް ކޮންޓްރޯލު ކުރެވޭކަމުގެ އެއްވެސް ނިސާނެއް، ތަފާސް ހިސާބުތަކުން ނުފެންނައިރު އިއްޔެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާގޮތުގައި މި ވައިރަހަށް ވެކްސިނެއް އުފައްދައި ވުޖޫދުކުރަން 18 މަސް ނަގާފާނެއެވެ. މިވަގުތު މި ވައިރަހުން ސަލާމަތްވުމަށް ހުރިހާ ގައުމަކުންވެސް މަސައްކަތްކުރަންވީ އިންސާނިއްޔަތަށް މިވަގުތު އޮތް އެންމެ ބޮޑު ނުރައްކަލަކީ މި ވައިރަސް ކަމުގައި ދެކެ ހަނގުރާމަކުރަން ކަމުގައިވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއްޔެ ބުނެފައިވެއެވެ.

ކޮރޯނާ ވައިރަސް ޗައިނާގެ އިތުރުން 28 ގައުމަކުން ފެނިފައިވާއިރު ޗައިނާއިން ބޭރުން މި ވައިރަހުގައި މަރުވެފައިވަނީ ދެމީހެކެވެ. އެއީ ހޮންކޮންގުންނާއި ފިލިޕިންސުންނެވެ.

މި ވައިރަހަށް ރާއްޖެވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ރާއްޖޭގެ އެއާޕޯޓްތަކުގައި ތާމަލް ކެމެރާ ހަރުކޮށް، ރާއްޖެ އެތެރެވާ ފަތުރުވެރިން މޮނީޓަރ ކުރެވެމުން އަންނައިރު ދިމާވެދާނެ ހާލަތަކަށް ދުރާލާ ވިސްނައި، ކަރަންޓީނު ފެސިލިޓީތަކެއްވެސް ވަނީ ގާއިމްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް