ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން، ކޮރޯނާ ވައިރަހަށް ނަމެއް ދީ އެ ނަން ހާމަކޮށްފިއެވެ. ދީފައިވާނަމަކީ "ކޮވިޑް-19" އެވެ.
ޑަބްލިއުއެޗްއޯއިން ބުނެފައިވާގޮތުގައި މި ނަން ދީފައިވާގޮތަކީ ކޮރޯނާ އިން "ކޮ"، ވައިރަސް އިން "ވި" އަދި ޑިޒީޒް އިން "ޑް" އަދި މި ވައިރަސް ފެތުރެންފެށި އަހަރު ކަމުގައިވާ 2019 ރަމްޒުކޮށްދޭ "19" އަށް ބަލައިގެންނެވެ.
ކޮރޯނާ ވައިރަށް ދިން ނަން ހާމަކޮށް ޑަބްލިއުއެޗްއޯގެ ޗީފް، ޓްޑްރޯސް އަދަނޮމް ގެބްރިޔެސޫސް ވިދާޅުވީ މި ވައިރަހަށް ވެކްސިނެއް 18 މަސް ދުވަހުގެ ތެރޭގައި އުފެއްދިދާނެ ކަމުގައި އަންދާޒާ ކުރެވޭކަމަށެވެ.
މި ވައިރަހުގެ ނުރައްކާ ހާމަކުރަމުން އޭނާ ވިދާޅުވީ މި ވައިރަހަކީ އާންމު ރައްޔިތުންގެ "ދުޝްމިނު" ނަމްބަރު އެކެއް ކަމުގައި ދެކެގެން މި ބައްޔާ ހަނގުރާމަކުރަން ޖެހޭ ކަމަށެވެ. ނޫން ނަމަ މާޒީން ލިބިފައިވާފަދަ ފިލާވަޅެއް ލިބުން އެކަށީގެންވާކަމުގައި ވިދާޅުވިއެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރޭގައި ޗައިނާގެ ހުބެއި ޕްރޮވީންސްގެ ވޫހާން ސިޓީން ފެނި، އައުޓްބްރޭކްވި ކޮވިޑް-19 ވައިރަހުގައި މިހާތަނަށް ޗައިނާއިން އެކަނިވެސް ހާހަކަށްވުރެ ގިނަ މީހުން މިވަނީ މަރުވެފައެވެ. ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިވަނީ 50 ހާހާ ގާތް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް