އަދިތިޔާއާ ނޭހާގެ ކައިވެނީގެ ހަގީގަތަކީ އިންޑިއަން އައިޑޮލް ޕްރޮމޯޓް ކުރުން!

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަދިތިޔާ ނަރަޔަން އާއި ނޭހާ ކައްކަރުގެ ކައިވެންޏަކީ އިންޑައަން އައިޑޮލް ޕްރޮމޯޓު ކުރުމަށް ޖައްސަމުންދާ ސްޓަންޓެއް ކަމަށް ޔަގީން ކުރެވެން ފަށައިފި އެވެ. އި...

11 Feb 2020 | 19:57

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަދިތިޔާ ނަރަޔަން އާއި ނޭހާ ކައްކަރުގެ ކައިވެންޏަކީ އިންޑައަން އައިޑޮލް ޕްރޮމޯޓު ކުރުމަށް ޖައްސަމުންދާ ސްޓަންޓެއް ކަމަށް ޔަގީން ކުރެވެން ފަށައިފި އެވެ.

އިންޑިއަން އައިޑޮލް ހުށަހަޅައި ދެނީ އަދިތިޔާ އެވެ. ނޭހާ އަކީ ޝޯގެ ޖަޖެކެވެ. ނޭހާދެކެ ލޯބިވާކަމާއި ކައިވެނި ކުރަން ބޭނުންވާކަން އަދިތިޔާ ހާމަކުރީ އިންޑިއަން އައިޑޮލްގެ އެޕިސޯޑެއްގެ ތެރެއިން ދެ ފަރާތުގެ މައިންބަފައިންގެ ހާޒިރުގަ އެވެ. އެކަމަށް އަދިޔާ ބައްޕަ އައި ނޭހާގެ މަންމަވެސް ގަބޫލު ކަމަށް އެރޭގެ ޝޯގައި ބުނެފައިވެ އެވެ.

އެ އެޕިސޯޑުގައި އިއުލާނު ކުރިގޮތުންނަމަ މިމަހުގެ14 ވަނަ ދުވަހު އެ ދެމީހުންގެ ކަައިވެނި އޮންނާނެ އެވެ. އޭގެ ފަހުން މިކަމުގެ މާ ސީރިއަސް ހަބަރުތަކެއް ނުލިބެ އެވެ. ހަމަ އެކަނި ފެންނަނީ އިންޑިއަން އައިޑޯލްގެ އެޕިސޯޑުތަކުގައި އަދިތިޔާ އާއި ނޭހާ މާފޮޅުވާތަނެކެވެ.

މިކަމުގެ ހަގީގަތް އޮޅުން ފިލުމަށް އަތިދިޔާގެ ބައްޕަ އަދި ލަވަކިޔުންތެރިޔާ އުދިތް ނަރަޔަންއާ ނޫސްވެރިން ސުވާލު ކުރުމުން ބުނެފައިވަނީ އޭނާއަށްވެސް އެ ކައިވެންޏާ ބެހޭގޮތުން އިނގެނީ ބޭރުތެރޭން އެ ވާހަކަ އަޑު އިވެމުންދާ ވަރަށް ކަމަށެވެ. އެހެންވެ އެއީ ކުރަން އުޅޭ ކައިވެންޏެއް ކަމަށް ގަބޫލު ކުރަން ދަތި ކަމަށެވެ.

އެކަމަކު ކުރީގެ އިންޓަވިއުއެއްގައި ބުނެފަވާގޮތަށް އެ އިންޓަވިއުގައިވެސް ބުނެފައިވަނީ ނޭހާ ކަހަލަ ކުއްޖަކު އަދިތިޔާގެ ހަޔާތަށް އަތުވެއްޖެ ނަމަ ވަރަށް އުފާވާނެ ކަމަށެވެ. އުދިތްވެސް ގަބޫލު ކުރާގޮތުގައި އެ ދެމީހުންގެ ކައިވެނީގެ ވާހަކައަކީ އިންޑިއަން އައިޑޮލްގެ ހިޓް އިތުރު ކުރުމަށް ޖައްސައިގެން އުޅޭ ސްޓަންޓެކެވެ.

އަދިތިޔާ ބައްޕަ މިހާތަނަށް ދީފައިވާ އެއްވެސް އިންޓަވިއުއެއްގައި މިކައިވެނި ކުރަން އުޅޭކަން އިނގޭކަމަށް ނެހެދިނަމަވެސް ފެބްރުއަރީ14 ގައި ކައިވެނި ނުކޮށްފި ނަމަ މިއީ ހަމަ އިންޑިއަން އައިޑޮލް ޕްރޮމޯޓު ކުރަން ޖެއްސި ގޭމެއް ކަމަށް ސަޕޯޓަރުން ކަމަށް ގަބޫލު ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް