ރިސޯޓެއްގައި ގެނބުނު ފަތުރުވެރިއަކު މަރުވެއްޖެ

މިއަދު ރިސޯޓެއްގައި ފަތުރުވެރިއަކު މަރުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާ ތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ވެލިދޫ އައިލެންޑް ރިސޯޓުގައި އުމުރުން 78 އަހަރުގެ އޮސްޓްރިއާގެ ފިރިހެން...

12 Feb 2019 | 14:19

މިއަދު ރިސޯޓެއްގައި ފަތުރުވެރިއަކު މަރުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާ ތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ވެލިދޫ އައިލެންޑް ރިސޯޓުގައި އުމުރުން 78 އަހަރުގެ އޮސްޓްރިއާގެ ފިރިހެން ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވާކަމަށެވެ.

އޭނާ މަރުވިކަން ރިޕޯޓްކޮށްފައިވަނީ ހަވީރު 04:49ގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ފަހަކަށް އައިސް ގެނބިގެން މަރުވާ ފަތުރުވެރިންގެ އަދަދު އަންނަނީ ގިނަ ވަމުންނެވެ. އެގޮތުން މިދިޔަ މަހުވެސް ހަ ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވާއިރު މި މަހުގައިވެސް މިހާތަނަށް ދެ ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް