ދިޔަ ވަމުންދިޔަ މުދާ އުފާ އުފުލާ ބޯޓަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

މުދާ ބަރުކޮށްގެން ކ. ތިލަފުށި ކައިރިން ދަތުރުކުރި 99 ފޫޓުގެ "ހަމްދު" ނަމަކަށް ކިޔާ ދޯންޏަކަށް ދިޔަވާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން ބުނެފައިވ...

12 Feb 2019 | 08:43

މުދާ ބަރުކޮށްގެން ކ. ތިލަފުށި ކައިރިން ދަތުރުކުރި 99 ފޫޓުގެ "ހަމްދު" ނަމަކަށް ކިޔާ ދޯންޏަކަށް ދިޔަވާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 10:58 ހާއިރު ކަމަށާއި މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު މި ދޯނި އޮތް ސަރަހައްދަށް ކޯސްޓްގާޑް ހާބަރ ކްރާފްޓްގައި ޑައިވަރުންގެ ޓީމެއް ވަނީ ގޮސް މި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.

"މި ދޯންޏަށް އެހީތެރިވުމުގެ ގޮތުން ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުންގެ ޓީމުން  ޕަމްޕް ބަހައްޓައިގެން ދިޔަ ހިއްކުމުގެ މަސައްކަތް ކޮށް ދިޔަގަނޑު އެއްކޮށް ކޮންޓްރޯލް ކޮށްފައިވަނީ މިއަދު 12:30 ހާއިރުއެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މި ދޯންޏަށް ބަރުކޮށްފައިވާ މުދަލުގެ ތެރޭގައި ހިލަޔާ ހިލަވެލި އަދި ސިމެންތި ހިމެނޭކަމަށާއި މި ހާދިސާގައި މި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް