ކޮރަޕްޝަންގެ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭނެ ނިޒާމެއް

ކޮރަޕްޝަންގެ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭނެ ނިޒާމެއް ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ގާއިމްކޮށްފިއެވެ. ކޮރަޕްޝަން ނައްތާލުމުގެ މަގްސަދުގައި "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ނަމުގައި...

12 Feb 2019 | 06:56

ކޮރަޕްޝަންގެ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭނެ ނިޒާމެއް ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ގާއިމްކޮށްފިއެވެ.

ކޮރަޕްޝަން ނައްތާލުމުގެ މަގްސަދުގައި "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ނަމުގައި މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި ޕޯޓަލް މެދުވެރިކޮށް ކާކުކަން ނޭނގޭގޮތަށް އަދި އެކަމާ ގުޅޭ ލިޔެކިއުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމެއް ގެނެވޭއިރު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ހެޔޮވެރިކަމަށް ރާއްޖެ އަނބުރާ ގެނައުމަށް އެތައް އަހަރެއްގެ ކުރިން ދައްކަން ފެށި ވާހަކަތަކުގެ އަމަލީ ބައި ކަމަށެވެ.

ރައީސް ވިދާޅުވީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނަކީ" ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި އެއްވެސް ފަންތިއެއްގައި ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ ކުޑަ މިންވަރެއް ވިޔަސް ތަހައްމަލު ނުކުރާނެކަމުގެ ޔަޤީންކަން ދެއްވާ ސިޔާސަތެއްކަމަށެވެ. އެކަން ސާބިތުކުރުމަށް ސަރުކާރުން ނަޒާހަތްތެރިކަމުގެ ބައެއް ސިޠާސަތުތައްވެސް މިހާތަނަށް ތަންފީޒްކޮށްފައިކަމަށާއި، ޚިޔާނާތާއި މަނީލޯންޑްރިންގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް