އިންޑިއާ ކަނޑަށް ބިންހެލުމެއް – ރާއްޖެއަށް ނުރައްކަލެއް ނެތް

އިންޑިއާ ކަނޑަށް ބިންހެލުމެއް އައިސްފައިވާކަމަށާއި ނަމަވެސް ރާއްޖެއަށް ނުރައްކަލެއް ނެތްކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން މިހެން ބުނެފައިވަނީ މިއަދު ކޮ...

12 Feb 2019 | 02:31

އިންޑިއާ ކަނޑަށް ބިންހެލުމެއް އައިސްފައިވާކަމަށާއި ނަމަވެސް ރާއްޖެއަށް ނުރައްކަލެއް ނެތްކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން މިހެން ބުނެފައިވަނީ މިއަދު ކޮށްފައިވާ ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ބުނެފައިވަނީ 5.9މެގްނިޓިއުޑްގެ ބިންހެލުމެއް ބޭ އޮފް ބެންގާލް ސަރަހައްދަށް އައިސްފައިވާކަމަށާއި އެ ބިންހެލުން އެ ސަރަހައްދަށް އައިސްފައިވަނީ ރާއްޖޭ ގަޑިން މިއަދު ހެނދުނު 06:32 ގައި ކަމަށެވެ. ރާއްޖެއަށް ނުރައްކަލެއް ނެތްކަމަށް އެ ޓްވީޓްގައި ބުނެފައިވެއެވެ.

https://twitter.com/MetMaldives/status/1095144959491993602

މެޓް އޮފީހުން ބުނެފައިވާގޮތުގައި މި ބިންހެލުން އައިސްފައިވަނީ މާލެއާއި 1787.7 ކިލޯ މީޓަރު ދުރަށެވެ. މި ބިންހެލުން އައިސްފައިވަނީ ބޭ އޮފް ބެންގާލްގެ 10 މީޓަރު އަޑިއަށް ކަމުގައިވެސް ބުނެފައިވެއެވެ.

ބޭ އޮފް ބެންގާލަކީ އިންޑިއާ ކަނޑުގެ އިރު އުތުރު ސަރަހައްދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް