ރައީސް މައުމޫން ދޫކޮށްލުމަށް ދުންޔާ މައުމޫން ކުރެއްވި ޓްވީޓަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ރައްދު ދެއްވައިފި އެވެ.
ޝައިނީގެ ރައްދުގައި ވިދާޅުވެފައިވަނީ މައުމޫން ހައްޔަރު ކޮށްފައިވަނީ ރިޝްވަތު ދިނުމާއި ބަގާވާތެއް ގެންނަން އުޅުނު ކަމުގެ ތުހުމަތުގައި ކަމުގައިވާއިރު ތުހުމަތު ކުރެވޭ އެހެން ކުށްވެރިންނާއި ތަފާތުކޮށް ކަންކަން ކޮށްދޭންވީ ސަބަބެއް ނެތް ކަމަށެވެ. އަދި ސަރުކާރުން ކުރިއަށްގެންދަން އުޅޭ މަޝްވަރާ ކުރިއަށްގެންދިއުމަށް އެއްބާރުލުން ދިނުމަށްވެސް ޝައިނީ ވިދާޅުވެފައި ވެ އެވެ.
ޝަނީ އިތުރަށް ވިދާޅުވެފައިވަނީ ރައީސް މައުމޫނަށް ސިއްހީ އެހީތެރިކަމާއި ގާނޫނީ ވަކީލުންނަށް ބައްދަލު ނުކުރެވޭކަމަށް ބުނާ ބުނުމަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ކަމަށެވެ. އަދި ރައީސް މައުމޫން ތަހުގީގަށް އެއްބާރުލުން ނުދެއްވާކަމުގައިވެސް ޝައިނީ ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް