ހަތަރު ތުހުމަތަކާއެކު ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދޫކޮށްލުމަށް އެ މަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ގޮވާލައްވައިފި އެވެ.
ދުންޔާ މިކަމަށް ގޮވާލެއްވީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭސްފަދަ ބައެއް ބޭފުޅުން ޓެގް ކުރައްވައި ކުރެއްވި ޓްވީޓެއްގައި އެވެ.
ރައީސް މައުމޫން އަކީ ގައުމުގެ ބައްޕަ ކަމުގައި ސިފަ ކުރައްވަމުން ދުންޔާ ގޮވާލައްވާފައިވަނީ ރައީސް މައުމޫން ދޫކޮށްލުމަށާއި އާއިލާއާއި ގާނޫނީ ވަކީލުންނަށް ރައީސް މައުމޫން އާއި ބައްދަލުކުރެވޭގޮތް ހަމަޖައްސައިދިނުމަށާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ރައީސް މައުމޫން ހައްޔަރުކޮށްފައިވާތާ މިއަދަށް ހަ ދުވަސް ވެފައިވާއިރު މައުމޫން ދޫކޮށްލުމަށް ދުންޔާ ގޮވާލެއްވި މިއީ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް