އެމްޕީ އިލްހާމްގެ ކޮއްކޮގެ ފޯނު ފުލުހުން ހިފަހައްޓައިފި

ފުލުހުން ހޯދަން އިއުލާނު ކޮށްފައިވާ، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ، އަލްއުސްތާޛް އާދަމް ޒާލިފްގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ. ދުވަހަށް މައުލޫމާތު ދެމުން އިލްހާމްގެ އާއިލާ ...

12 Feb 2018 | 05:33

ފުލުހުން ހޯދަން އިއުލާނު ކޮށްފައިވާ، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ، އަލްއުސްތާޛް އާދަމް ޒާލިފްގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.

ދުވަހަށް މައުލޫމާތު ދެމުން އިލްހާމްގެ އާއިލާ މެމްބަރަކު ބުނީ ޒާލިފްގެ ފޯނު ފުލުހުން ހިފެހެއްޓީ އިލްހާމްގެ އަނބިކަނބަލުންނާއެކު މިއަދު ފުލުސް އޮފީހަށް ދިއުމުން ކަމަށެވެ.

އިލްހާމްގެ އަނބިކަނބަލުން މިއަދު ފުލުސް އޮފީހަށް ހާޒިރުވީ މިއަދު 09:00 އަށް ހާޒިރުވުމަށް އަންގާފައިވުމުންނެވެ. ފުލުހުން އިއްޔެ އިލްހާމްގެ އަނބިކަނބަލުން ހައްޔަރު ކުރުމަށްފަހު ދޫކޮށްލީ ރޭގެ ވަގުތެއްގައި އެވެ. ދޫކޮށްލީ މިއަދު 09:00 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ޝަރުތު ކުރުމަށް ފަހުގައި ކަމުގައި އެމްޕީ އިލްހާމްގެ އާއިލާ މެމްބަރަކު ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް