ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން ބަންދުކުރި ދެ މީހުން - ފޮޓޯ: ޕޮލިސް
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ
ތުހުމަތުގައި މާލެއިން ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ މީހުން ހައްޔަރުކޮށްފައިވަނީ
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހު 10
ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަންގައި، މަސްވެރިންގެ ޕާކު ސަރަހައްދުން
އެ ހަތަރު މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު 23 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު
ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މާލެ / ގ. ހެޕީސައިޑް، މުޙައްމަދު ނާއިޝް
(43އ) އާއި ޅ. ހިންނަވަރު / ހަނދާން، އިކްރާމް ޢަބްދުއްރަޙްމާން (31އ) 10 ދުވަހަށް
ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަނެއް ދެމީހުން، ޝަރުތުކުރުމަށްފަހު ކޯޓުން
ވަނީ ދޫކޮށްލާފައެވެ.
ބަންދުން ދޫކޮށްލި ދެމީހުން ދޫކޮށްލީ އެމީހުންގެ
އަތުން ބަނގުރާ ފުޅި ފެނިފައިނުވާތީކަން ބަންދު އަމުރުތަކުން އެނގެއެވެ. އަދި
އެމީހުންނަކީވެސް ދިވެހީންކަންވެސް ބަންދު އަމުރުތަކުން އެނގެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް