އިންޒާރުގެ ލޭބަލް ނެތް ސިނގިރޭޓު ވިއްކި ބިދޭސީއަކު ހައްޔަރު

އިންޒާރުގެ ލޭބަލް ނެތް ސިނގިރޭޓު ވިއްކަމުންދިޔަ ބިދޭސީއަކު އިއްޔެ ހައްޔަރުކޮށްފިއެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން އެނގޭގޮތުގައި ގަވާއިދާއި ޚިލާފަށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ...

12 Jan 2026 | 05:32
N/A

N/A

އިންޒާރުގެ ލޭބަލް ނެތް ސިނގިރޭޓު ވިއްކަމުންދިޔަ ބިދޭސީއަކު

އިއްޔެ ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން އެނގޭގޮތުގައި ގަވާއިދާއި

ޚިލާފަށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އަށް

ނިސްބަތްވާ، އުމުރުން 45 އަހަރުގެ ޝުކޫރު އަލީ އެވެ.

"މީނާގެ އަތުގައި ގިނަ އަދަދެއްގެ ސިނގިރޭޓު ހުރިކަމާއި،

މީގެން ބައެއް ސިނގިރޭޓު ފޮށީގައި އިންޒާރުގެ ލޭބަލް ޖަހާފައި ނެތްކަން ފުލުހެއްގެ

ބަޔާނުން އެނގޭ" ބަންދު އަމުރުގައި ބުނެފައިވެއެވެ.

އޭނާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް

ދީފައިވާއިރު ބަންދުގައި ބެހެއްޓި ސަބަބަކީ އޭނާއަކީ ބަންގްލަދޭޝް

ރައްޔިތަކަށްވުމުން ބަންދުން ދޫކޮށްލައިފިނަމަ ފިލައިގެން ދިޔުމުގެ އިޙްތިމާލު ވުޖޫދުވާތީކަމަށް

ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް