މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް 10 ކޮމްޕިއުޓަރ ސިސްޓަމާއި އެއާގުޅޭ ޔޫޕީއެސް ސިސްޓަމް ހަދިޔާ ކުރައްވައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި މިއަދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސިސްޓަމްތައް ހަވާލުކޮށް ދެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޝާހިދު އަލީއެވެ. އަދި މިނިސްޓްރީގެ ފަރާތުން މި ސިސްޓަމްތަކާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ ޑރ. އާއިޝަތު ޢަލީ އެވެ.
މިއީ ރާއްޖޭގެ ސްކޫލްތަކުގައި ބޭނުންކުރުމަށް ހަދިޔާކުރެއްވި ކޮމްޕިއުޓަރ ސިސްޓަމް ތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް