އުކުޅަހަށް ދަތުރުކުރި ލޯންޗެއް ގިރާވަރު ފަރަށް އަރައިފި

20 މީހުންނާއެކު މާލެއިން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ފަރަށް އަރައިފިއެވެ. އަރާފައިވަނީ ގިރާވަރު ރިސޯޓު ދެކުނު ފަރާތު ކަންމަތީ ފަރަށެވެ. މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވާގޮތު...

12 Jan 2020 | 14:28

20 މީހުންނާއެކު މާލެއިން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ފަރަށް އަރައިފިއެވެ.

އަރާފައިވަނީ ގިރާވަރު ރިސޯޓު ދެކުނު ފަރާތު ކަންމަތީ ފަރަށެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ލޯންޗު ފަރަށް އެރި ކަމުގެ މައުލޫމާތު ލިބުނީ ހަވީރު 4:55ގައެވެ.

ފަރަށް އެރި ލޯންޗަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަނުން އެހީތަރިކަން ފޯރުކޮށްދެމުން އަންނައިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި ލޯންޗުގައި ތިބި މީހުން، ގިރާވަރު ރިސޯޓުގެ ލޯންޗެއްގައި އެ ރިސޯޓަށް ގެންގޮސްފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް