ވެލާނާ އިންޓަނޭޝަނަލަށް ފުރަން ދިޔަ ދެ ފަތުރުވެރިއެއްގެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނުމުން އެ ދެ ފަތުރުވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އެކަން ހިނގާފައިވަނީ މިއަދު ހެނދުނު 07:51 ހާއިރުގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންގޮސް ތިބި ފިރިހެން ދެ ފަތުރުވެރިއެއްގެ ދަބަސް އެއާޕޯޓް މުވައްޒަފުން ޗެކް ކުރަން އުޅުމުން އެމީހުންގެ އަތުގައި ބޮމެއް އޮތްކަމަށްބުނެ އިންޒާރު ދިން މައްސަލައެއް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެއީ ސްވިޒަލޭންޑް އަދި ސެނަގާލަށް ނިސްބަތްވާ ދެ ފަތުރުވެރިއެއް ކަމުގައިވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ އެ ދެ ފަތުރުވެރިން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަމަށާއި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް