އިއްޒުއްދީން ސްކޫލު ރަސްމީކޮށް ހުޅުވައިފި

އެމްއީއެސް ސްކޫލު ކުރިން ހިންގި އިމާރާތުގައި ފެށި އިއްޒުއްދީން ސްކޫލު މިއަދު ހުޅުވައިފިއެވެ. އެ ސްކޫލު ހުޅުވުމަށްޓަކައި މިއަދު އެ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްކޫލު ހުޅުއްވައިދެއްވީ ދި...

12 Jan 2020 | 05:55

އެމްއީއެސް ސްކޫލު ކުރިން ހިންގި އިމާރާތުގައި ފެށި އިއްޒުއްދީން ސްކޫލު މިއަދު ހުޅުވައިފިއެވެ.

އެ ސްކޫލު ހުޅުވުމަށްޓަކައި މިއަދު އެ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްކޫލު ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރުކާރުން ހާމަކޮށްފައިވާގޮތުގައި އިއްޒުއްދީން ސްކޫލު ނިސްބަތްވަނީ އައްސުލްތާން އަލް ގާޒީ ހަސަން އިއްޒުއްދީން ނުވަތަ އާއްމު ނަމުންނަމަ ދޮން ބަންޑާރައިންނަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން މައުލޫމާތު ދީފައިވާގޮތުގައި މި ސްކޫލުން 224 ކުދިންނަށް ވަނީ ޖާގަ ދީފައެވެ. އެއް ދަންފަޅިއަށް ކިޔަވައިދޭ މި ސްކޫލުގެ ބޭނުމަކީ މާލޭ ސިޓީގެ ސްކޫލުތަކަށް ދިމާވާ ޖާގައިގެ ދަތިކަން ހައްލު ކުރުމެވެ.

މި ސްކޫލު ހުޅުވާފައިވަނީ ގްރޭޑް އެކަކުން ހަޔަކަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައެވެ. ސްކޫލުގައި ހަތަކުން 10 އަށް ގްރޭޑްތައް ތަރައްގީ ކުރަން ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް