ރެހެންދި ސްކޫލުން ދިރާސީ އައު އަހަރު ފެށީ ފަތިސް ނަމާދުން

ދިރާސީ އާ އަހަރުގެ ފެށުން، ހުޅުމާލޭ ރެހެންދި ސްކޫލުން ފަތިސް ނަމާދުން ފަށައިފިއެވެ. އެގޮތުން އެ ސްކޫލުން ބުނެފައިވާގޮތުގައި މިއަދު ފަތިސް ނަމާދު އެ ސްކޫލުގައި ބޮޑު ޖަމާއަތުގައި ދަރިވަރުންނާއި ޓީޗަރުން...

12 Jan 2020 | 05:35

ދިރާސީ އާ އަހަރުގެ ފެށުން، ހުޅުމާލޭ ރެހެންދި ސްކޫލުން ފަތިސް ނަމާދުން ފަށައިފިއެވެ.

އެގޮތުން އެ ސްކޫލުން ބުނެފައިވާގޮތުގައި މިއަދު ފަތިސް ނަމާދު އެ ސްކޫލުގައި ބޮޑު ޖަމާއަތުގައި ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނާއެކު ކޮށްފައިވެއެވެ. ބޮޑު ޖަމާއަތުގައި ފަތިސް ނަމާދުކޮށްފައިވަނީ އެ ސްކޫލުގެ ހުސް ބިމުގައި ކަމަށް އެ ސްކޫލުން ބުނެއެވެ.

ފަތިސް ނަމާދުގެ ފޮޓޯތަކާއެކު އެ ސްކޫލުގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ސްކޫލުން ދިރާސީ އައު އަހަރުގެ ކިޔެވުން ފަތިސް ނަމާދުން ފެށީ ދަރިވަރުންގެ ދުވަސްތައް ފަތިސް ނަމާދުން ފެށުމަށް ނަސޭހަތްތެރިވުމުގެ ގޮތުން ކަމަށެވެ. ނަމާދު ކުރުމުގެ މުހިންމުކަން ދަރިވަރުންނަށް ބުނެދިނުމަކީވެސް އެކަމުގެ ބޭނުމެއް ކަމުގައިވެސް ބުނެފައިވެއެވެ.

ރެހެންދި ސްކޫލުން ދިރާސީ އައު އަހަރު ފަތިސް ނަމާދުން ފަށާފައިވާއިރު ސްކޫލުތަކުގެ ކިޔެވުން ފަތިސް ނަމާދުން ފެށުމަށް ބާރުއަޅާކަމަށް އެޑިއުކޭޝން މިނިސްޓަރު އައިޝަތު އަލީ މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލަކީ 1500 އެއްހާ ދަރިވަރުން ތައުލީމު ހާސިލު ކުރަމުން އަންނަ ސްކޫލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް