އެމްޑީޕީ ޕަރައިމަރީގެ އިންތިޒާމް ތަކުގައި އެމްޑީޕީ އަށް ނިސްބަތްވާ މިނިސްޓަރުވެސް ބައިވެރިވާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ، ޕްރައިމަރީގެ ވޯޓްލުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެމްޑީޕީ އަށް ނިސްބަތްވާ އެންމެހާ އިސްބޭފުޅ...

12 Jan 2019 | 14:50

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ، ޕްރައިމަރީގެ ވޯޓްލުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެމްޑީޕީ އަށް ނިސްބަތްވާ އެންމެހާ އިސްބޭފުޅުންވެސް ހަރަކާތްތެރިވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

މިމަހުގެ 18 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕަރައިމަރީ ބޭއްވުމަށް ކުރަން ޖެހޭ ހުރިހާ އިންތިޒާމްތައް ކުރުމުގައި، އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުން ފެށިގެން އެންމެހާ އިސްވެރިންވެސް ބައިވެރިވާ ގޮތަށް ނިންމީ މިއަދު، އެމްޑީޕީގެ އިންތިހާބީ ކޮމެޓީންނެވެ. ވޯޓްލުމުގެ އިންތިޒާމްތައް ބެލެހެއްޓުމުގައި، މިނިސްޓަރުންގެ ނައިބުންނާއި، ސްޓޭޓް މިނިސްޓަރުންވެސް ބައިވެރިވާނެ ކަމަށްވެސް އެމްޑީޕީން މައުލޫމާތު ދެއެވެ.

މިފަހަރުގެ އެމްޑީޕީގެ ޕްރައިމަރީގައިި ޕާޓީގެ އިސްވެރިންނާއި، ދާއިރާތަކުގެ ރައީސުން ކުރިމަތިލައްވާފައިވާތީ އަދި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރައްވާފައިވާތީ، އެހެން ފަހަރުތަކަށްވުރެ، ވޯޓު ފޮށި ބަލަހައްޓާނެ މަސްއޫލުވެރިން ނެގުމުގައި، އިންތިޚާބީ ކޮމިޓީއިން އިތުރު ސަމާލުކަމެއް ވަނީ ދީފައެވެ. އެމްޑީޕީ އަށް ނިސްބަތްވާ އިސްވެރިންނަށް ދަންދެން ވޯޓްލުމުގެ އިންތިޒާމްތަކުގައި ބައިވެރިކުރުމަށް ވެސް ނިންމެވީ، މިއަންނަ ހުކުރުދުހު ލެވޭ ވޯޓަކީ ދެފުށް ފެންނަ ސައްހަ ވޯޓަކަށް ހެދުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް