ދިވެހި ރާއްޖޭހެ ޤައުމީ ދިފާއީ ބަރާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް އިންޑިޔަން ކޯސްޓް ގާޑް ޝިޕް ސަމަރްތު ރާއްޖެ އަތުވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ އިންޑިޔާ މަނަވަރު ރާއްޖެ އައިސްފައިވަނީ ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި އެއްވެސް ބާވަތެއްގެ ޣައިރު ޤާނޫނީ ކަމެއް ނުހިނގާކަން ކަށަވަރު ކުރުމަށެވެ. އެގޮތުން މިމަހުގެ 13 އިން ފެށިގެން 17 ގެ ނިޔަލަށް ސަވައިލަންސް ޕެޓްރޯލްތައް ކުރިއަށް ގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
މި ޕެޓްރޯލަކީ ދިވެހިރާއްޖޭގެ ސަރަހައްދުތަކުގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެކެވެ. މި ޕެޓްރޯލްތައް ފެށިފައިވަނީ 2009 ވަނަ އަހަރު އެވެ.
ރާއްޖެއާއި އިންޑިޔާއަކީ އަޝްކަރީގޮތުން ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް