ރޭ ހުޅުމާލޭގައި ޒުވާން އަންހެނަކު މަސްތުވާތަކެއްޗަށް އޯވާޑޯޒްވެ މަރުވެފައި އޮއްވާ ފެނިފައިވާއިރު މިއަދު މާލޭގައިވެސް ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މ. ރަމާގުލްޝަން ކިޔާ ގެއިން މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ ކީއްވެކަން އަދި ސާފެއް ނުވެއެވެ.
ފުލުހުން ބުނެފައިވަނީ މިއަދު ހަވީރު އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.
ހުޅުމާލޭގައި މަރުވެފައި އޮއްވާ ރޭ ފެނިފައިވަނީ އުމުރުން 27 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ޕާޓީ" ޑްރަގަކަށް އޯވާ ޑޯޒްވެގެން ކަމުގައި މުއުތަބަރު ގޮތެއްގައި މައުލޫމާތު ލިބިފައިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް