ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސް މައުމޫނުގެ ތާއީދާއެކު އަށްޑިހަ ދާއިރާއަކަށް ވާދަކުރުމަށް ސަތޭކަ އަށް މީހަކު ޝައުޤުވެރިކަން ފާޅުކޮށްފޮށްފައިވާކަމަށް މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ހާމަކޮށްފިއެވެ.
އެމްއާރުއެމް އިން ބުނެފައިވަނީ ރައީސް މައުމޫނުގެ ތާއީދާއެކު މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެސްއެމްއެސް ކުރުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު އަށްޑިހަ ދާއިރާއަކަށް ވާދަކުރުމަށް ސަތޭކަ އަށް މީހަކު ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
އެމްއާރްއެމްއިން ބުނީ މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ފަރާތްތައް ކަނޑައަޅާނީ ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ މެދުގައި އިންޓަރވިއު ކޮށްގެން ކަމަށާއި، އެމްއާރުއެމް އަކީ ކޯލިޝަންގެ ދަށުން ވާދަކުރާ ބަޔަކަށް ވާތީ އެފަރާތުގެ ޓިކެޓުގައި ހުރިހާ ދާއިރާ އަކަށް ވާދަ ނުކުރަމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި އެމްއާރުއެމްގެ ޓިކެޓުގައި ވާދަކުރާނެ ދާއިރާތަށް ކަނޑައަޅާނީ ކޯލިޝަންގެ މަޝްވަރާގެ މަތިން ކަމަށްވެސް އެމްއާރުއެމް އިން ވަނީ ހާމަ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް